
މިއަހަރު އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ - ރައީސް
# ރިޔާސީ ބަޔާން 2026# ރައީސް މުއިއްޒު-
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަހަރު ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި 3 ގުރުއަން މަރުކަޒު އަދި 6 ވަގުފް ބިނާއާ އެކު މުޅިއެކު ޖުމްލަ 90 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. މީގެތެރެއިން ހއ. ދިއްދޫގައި ގާއިމްކުރި އިސްލާމީ މަރުކަޒާއި، 10 މިސްކިން ނިންމައި ހުޅުވައި، އަދި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއްގެ މަސައްކަތް ނިންމައި ހުޅުވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިސްކިތްތައް އަޅައި ހުޅުވުމުގެ އިތުރުން ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމަށްވެސް މިސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރު 19.4 މިލިއަން ރުފިޔާ ރާއްޖޭގެ އެކިރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ހޭދަކޮށްފައިވާއިރު، މިއަހަރު 15 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ހަމަޖައްސާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަހަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ" - ރައީސް
އިތުރަށް ބިނާކުރުމަށް ނިންމާފައިވާ އިސްލާމީ މަރުކަޒުތަކުގެ ތެރެއިން 3 މަރުކަޒެއްގެ އެއްބަސްވުމުގައި މިއަހަރު ޖަނަވަރީ 21ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި އިތުރު 17 ރަށެއްގައި މިސްކިތް އެޅުމުގައި މަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސް ބައްލަވާލައްވައިފި

ވިސްނުންތެރިކަމާއެކު ވޯޓު ދެއްވާ، ރަށުގެ ތަރައްޤީ އިސްކުރައްވާ: ރައީސް

މާލޭގެ ތަރައްޤީއަށްޓަކައި ޕާޓީ ރޫހު ދޫކޮށް ގައުމީ ވިސްނުމުގައި މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

.gif&w=3840&q=75)



