
ސަރުކާރުން 10 ރިސޯޓު ތަރައްޤީކޮށް އެތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކުރަނީ
# ރައީސް މުއިއްޒު# ރިޔާސީ ބަޔާން 2026-
ސަރުކާރުން 10 ރިސޯޓު ތަރައްޤީކޮށް އެތަންތަނުން ލިބޭ ފައިދާ ދިވެހި ކޮންމެ ރައްޔިތެއްގެ އެކައުންޓަށް ޑޮލަރުން ޖަމާކުރަން ނިންމާފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ފެށުމަށްޓަކައި ގާނޫނުގައިވާގޮތުގެ މަތީން ރިޔާސީ ބަޔާން އިއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ކެބިނެޓުގައި މަޝްވަރާކޮށް، ސަރުކާރުން ނިންމާފައިވަނީ ސަރުކާރު ކުންފުނި މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަކަމާ އެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން ކަމަށެވެ.
"އަދި ކޮންމެ ރައްޔިތަކީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ރިސޯޓުތަކުގެ ހިއްސާދާރެއްގެ ގޮތުގައި ހަމަހަމަކަމާ އެކު ގާނޫނަކުން ކަނޑައަޅާ ހަމަޖައްސަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާލުވީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކު ވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ ޖަމާވާން ފަށާނެކަމަށެވެ. އެގޮތުން މި އިންވެސްޓްމަންޓުން ދިވެހި ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އިން ފެށިގެން ކަމަށް ރައީސް އަންދާޒާކުރެއްވި އެވެ.
"ހިސާބު ހަދާލާއިރު އެވަރޭޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއްގައި ނަމަ، އެ އާއިލާގެ ކޮންމެ މެމްބަރަކު މަދުވެގެން 10 ރިސޯޓުގެ ހިއްސާދާރަކަށް ވުމުގެ އިތުރުން އެ އާއިލާއަކަށް އަހަރަކު މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާ ހުރިހާ ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރު ފައިސާއިން ޖަމާކޮށްދޭން ކެބިނެޓުން ފާސްކޮށްފައިވާކަންވެސް ހާމަކުރައްވާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޕްރިޒަން އައިލެންޑް ކޮންސެޕްޓުގެ މަސައްކަތްތައް މި އަހަރުގެ މެދުތެރޭގައި ފެށިގެންދާނެ: ރައީސް

ބޭނުންވާ ހުރިހާ ވަސީލަތްތަކާއިއެކު 55 ކައުންސިލް އިމާރާތް މި އަހަރު ނިމޭނެ - ރައީސް

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 8 މިސްކިތް ހުޅުވޭނެ - ރައީސް





