logoEN
Sto top
ރޯދަ ހަދިޔާ މަސްދަޅު ކޭސް: މިހާތަނަށް މާލެ ސަރަހައްދުން 26,739 ކޭސް ދޫކޮށްފި

ރޯދަ ހަދިޔާ މަސްދަޅު ކޭސް: މިހާތަނަށް މާލެ ސަރަހައްދުން 26,739 ކޭސް ދޫކޮށްފި

އަހުމަދު ޝުރާއު

logo

2/1/2026, 10:08:39 AM

# ރޯދަ ހަދިޔާ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން މިހާތަނަށް މާލެ ސަރަހައްދުން 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒަރާއިން ގޭބިސީތަކަށް ދޫކޮށްފިއެވެ.

Wamco

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން މާލެ ސަރަހައްދުގައި ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރެއެވެ. އެގޮތުން ފާއިތުވި 7 ދުވަހުގެ ތެރޭގައި 26,739 މަސްދަޅު ކޭސް ވަނީ ގޭބިސީތަކަށް ދޫކޮށްފައެވެ. އެއީ މާލެ ސަރަހައްދުން ދޫކުރި ކޭސްތަކުގެ އަދަދު އެކަންޏެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށްދާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އަތޮޅުތަކަށް މަސްދަޅު ކޭސްތައް ފޮނުވައި ރަށްރަށުގައ ބެހުމުގެ މަސައްކަތްވެސް ވަނީ ފަށާފައި އެވެ.

View post on Twitter

ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC