logoEN
Sto top
ދިވެހިރާއްޖޭގެ ގަވަރނަންސް ނިޒާމު ހަރުދަނާކުރުމަށް ޔޫއެންޑީޕީއާއިއެކު މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ގަވަރނަންސް ނިޒާމު ހަރުދަނާކުރުމަށް ޔޫއެންޑީޕީއާއިއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

2/3/2026, 11:44:18 AM

# އޭޖީ އޮފީސް

-

ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާއާ ބައްދަލުކުރައްވައިފިއެވެ.

Wamco

ބަންޑާރަނައިބުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ކުރިޔަށް އޮތް ތަނުގައި އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ގަވަރނަންސް ނިޒާމު ހަރުދަނާކުރުމަށް ބަންޑާރަނައިބުގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އޭގެ އިތުރުން، މި ބައްދަލުވުމުގައި، ކުރިޔަށް އޮތް ތަނުގައިވެސް ބަންޑާރަނައިބުގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބަންޑާރަނައިބު އުޝާމް ދެއްވިއެވެ. އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން އަބަދުވެސް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ބަންޑާރަނައިބު އުޝާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން އެސިސްޓެންޓް ޗީފް ކައުންސެލް ފައެނާ ފައްޔާޟް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޔޫ.އެން.ޑީ.ޕީގެ ފަރާތުން އެ އިދާރާގެ ޕްރޮގްރާމް މެނޭޖަރު ހަމްނާ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC