logoEN
Sto top
މީޑިއާ ކޮންޓްރޯލް ކުރާ ބިލް އަނބުރާ ގެންދިޔުމުގެ ވިސްނުމެއް ނެތް - އުޝާމް

މީޑިއާ ކޮންޓްރޯލް ކުރާ ބިލް އަނބުރާ ގެންދިޔުމުގެ ވިސްނުމެއް ނެތް - އުޝާމް

އަހުމަދު ޝުރާއު

logo

8/28/2025, 11:41:16 AM

# އޭޖީ އޮފީސް

-

މީޑީއާތައް ކޮންޓްރޯލް ކުރުމުގެ ނިޔަތުގައި މަޖިލީހަށް އަމިއްލަ މެމްބަރަކު ހުށަހެޅި ބިލު އަނބުރާ ގެންދިޔުމަށް ސަރުކާރުން ބޭނުން ނުވާކަން ހާމަކޮށްފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ.

އެގޮތުން އުޝާމް ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށާއި ބިލު އަނބުރާ ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރިއަށް ގެންދާނީ އިތުރަށް ދިރާސާކޮށް، އިސްލާހުކުރުމުގެ މަސައްކަތްތައް ކުރުމަށްކަމަށެވެ.

މި ބިލާ ގުޅޭ މަސައްކަތްތަކެއް ކުރީގެ ރައްޔިތުންގެ މަޖިލީހުންވެސް ކޮށްފައިވާކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ އޭރު މަޖިލީހުގެ މެންބަރެއްގެ މަގާމުގައި ހުރިއިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައިވެސް މި މަސައްކަތްތައް ކުރިއަށް ދިޔަ ކަމަށެވެ.

"އަޅުގަނޑުމެން ބިލުގައި ހުރި މާއްދާތައް ދިރާސާކުރީއިރުގައި އަދި މިހާތަނަށް މި މަސައްކަތާ ގުޅޭ ގޮތުން މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި އެކިއެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް،" އުޝާމް ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހަށް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށް ވިދާޅުވެ އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް އުޝާމް ވިދާޅުވިއެވެ. މީޑިއާ ކައުންސިލުން ފޮނުވި މީޑިއާ ކޮމިޝަންގެ ގާނޫނުގެ ބިލުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުން ތިއްބަވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވަނީ މިހާތަނަށް ރާއްޖޭގައި އޮތް މީޑިއާ ރެގިއުލޭޓްކުރާ ބޮޑީތަކުން މީޑިއާތައް ރެގިއުލޭޓްނުކުރެވޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ. އަދި މި ބިލަށް ސަރުކާރުން ތާއީދު ކުރަނީ އެސަބަބާއި ހެދި ކަމަށްވެސް އުޝާމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައި އެވެ.

ނޫސްވެރިކަމާއި ގުޅޭ އެއްވެސް ތަޖުރިބާއެއް ނެތް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންނަ މަހުގެ 15ގެ ނިޔަލަށް ނިންމަން ވަނީ ފާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC