logoEN
Sto top
މާޅެންދޫއާއި މިލަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

މާޅެންދޫއާއި މިލަދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

2/2/2026, 5:46:38 PM

# ހެލްތު މިނިސްޓްރީ

-

ނ އަތޮޅުގެ ދެ ރަށެއްގެ ސިއްޙީ މަރުކަޒުތަކުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

Wamco

މިއަދު ބޭއްވުނު ރަސްމިއްޔާތުތަކެއްގައި މި ދެރަށުގައި ލެބޯޓަރީގެ ހިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ. މި ރަސްމިއްޔާތުތަކުގައި އެދެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްޙީ މަރުކަޒުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ބަލިތަކަށް ޓެސްޓު ކުރުމަށް ލެބޯޓްރީގެ ޚިދުމަތް ޤާއިމުކުރުމަކީ ޞިއްޙީ ދާއިރާއިން ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ލެބޯަޓަރީގެ ހިދުމަތް ފެށުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ނ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮތް އިރު މިހާތަނަށް މާފަރު ފިޔަވައި ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ވަނީ ފަށާފައި އެވެ. މިނިސްޓަރު ނާޒިމް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފަރު ސިއްހީ މަރުކަޒުގައިވެސް ލެބޯޓަރީގެ ހިދުމަތް ފެށުމަށް ވަނީ ނިންމާފައި އެވެ.

މި ހިދުމަތްތަކުގެ އިތުރުން ނ އަތޮޅުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ނ.އަތޮޅު ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތާއި، ނަފްސާނީ ބަލީގެ ޚިދުމަތްވެސް ވަނީ ރަސްމީކޮށް ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC