
-
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ހިންގުމުގެ ދަށުން، ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދާ ކީރިތިޤުރުއާން ހިތުދަސްކޮށްދޭ ޙިފްޒު ކްލާސްތައް ހއ. ދިއްދޫ ގައި ރަސްމީކޮށް ފަށައިފިއެވެ.

ދިއްދޫގައި ދާދިފަހުން ހުޅުވުނު އިސްލާމީ މަރުކަޒުގައި ފެށިގެން މިދިޔަ ކްލާސްތަކަކީ، އެ ރަށާއި އެ ސަރަހައްދުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކުލާސްތަކެކެވެ. މިއީ ރާއްޖޭގައި ޙާފިޡުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ދީނީ އިލްމާއި މައުލޫމާތު ފެތުރުމަށް ކުރިއަށްގެންދާ ނުހަނު މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ތަރުބިއްޔަތާއި ދީނީ އިލްމު ފެތުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން، އަތޮޅުތެރޭގައި ހުރި އިސްލާމީ މަރުކަޒުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން ދިއްދޫ އިސްލާމީ މަރުކަޒުގައި އިއްޔެ ފެށި މި ކްލާސްތަކުގެ ސަބަބުން، ދިއްދޫގެ ދަރިވަރުންނަށް ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ގޮތެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިފަދަ ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ އިންތިޒާމު ކުރެވިފައެވެ. މިއީ އިސްލާމީ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށާއި، މުޖުތަމައުގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ރޫހު އާލާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
ގުޅުންހުރި

ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ފަށަނީ

ދިއްދޫ އިސްލާމީ މަރުކަޒުގައި ޙިފްޒު ކްލާސްތައް ފަށައިފި

އޮމަދޫގައި އަލަށް ބިނާކުރި "މަސްޖިދުއްރަޙުމާ" ރަސްމީކޮށް ހުޅުވައިފި





