logoEN
Sto top
އެޗްއާރްސީއެމްެގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް ލިއުއްވި ''އެޗް.އާރު.ސީ.އެމް ގެ ހަނދާންތައް'' ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފި

އެޗްއާރްސީއެމްެގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް ލިއުއްވި ''އެޗް.އާރު.ސީ.އެމް ގެ ހަނދާންތައް'' ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފި

އަހުމަދު ޝުރާއު

logo

2/1/2026, 9:25:06 AM

# ރައީސް މުއިއްޒު

-

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް، ލިޔުއްވި ފޮތް، ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަދިޔާ ކުރައްވައިފިއެވެ.

Wamco

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ.

މި ފޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެންއައި ގޮތާއި، ދިވެހިރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި 5 އަހަރުގެ ތަޖުރިބާތަކާއި، ދިވެހިރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވެގެންދިޔަ ތާރީޚީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް މިފޮތުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2003ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވިއިރު، އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC