
އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން މައުލޫމާތުދީފި
# ގެސްޓް ހައުސް ވިޔަފާރި# ކުށް މަދުކުރުން# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
ގެސްޓްހައުސްތަކުގެ ވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި މަހުގެ 25 އިން 26ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮންމެހެން އެނގެންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ފަތުރުވެރިންނަށް ކުރިމަތިވާ އެކި ކަންކަމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ރަށުތެރޭގައި އުޅޭއިރު ފަތުރުވެރިންގެ ކިބައިން ފެންނަމުންދާ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވައި އަދި މިފަދަ ކަންކަން ފަތުރުވެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅޭ އާލާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، ފަތުވެރިންނާއި ގެސްޓްހައުސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ހޭލުންތެރިކުރުވައި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ދެފަރާތުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
ގުޅުންހުރި

ފުލުހުންނާއި ކަސްޓަމްސްއާއި ދެމެދު ގުޅުން ބަދަހިކޮށް ގައުމީ ސަލާމަތް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި
.png&w=3840&q=75)
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެ، 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

މަސްތުވާތަކެއްޗާއެކު ބާރަށުން މީހަކު ހައްޔަރުކޮށްފި




