logoEN
Sto top
ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ބްރިޓިޝް ހައި ކޮމިޝަންއިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕީޓަންސީ ފްރޭމްވަރކް ޙަވާލުކޮށްފި

ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ބްރިޓިޝް ހައި ކޮމިޝަންއިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕީޓަންސީ ފްރޭމްވަރކް ޙަވާލުކޮށްފި

އަހުމަދު ޝުރާއު

logo

1/25/2026, 8:27:57 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހިންގުން ހަރުދަނާކުރުމަށާއި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކުރުމަށް ބްރިޓިޝް ހައި ކޮމިޝަން އިން ތައްޔާރުކުރި ޓްރޭނިންގ މޮޑިއުލްތަކާއި ކޮމްޕިޓެންސީ ފްރޭމްވަރކް ރަސްމީކޮށް މިއަދު ޙަވާލުކޮށްފިއެވެ.

Wamco

މިއަދު ހެނދުނު ކަރެކްޝަންސްގެ ހެޑް ކުއަރޓަރސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް އިނގިރޭސި ވިލާތުން ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ ހ.އ. ނިކް ލޯ ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާ މި ތަކެތި ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސް އާއި ކަރެކްޝަންސްގެ ސީނިއަރ މެނޭޖްމަންޓް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

އަދި މީގެ އިތުރުން ހައި ކޮމިޝަނަރ ވަނީ “ޓްރާންސްފޮރމޭޝަނަލް ލީޑަރޝިޕް އިން އެކްޝަން ޓްރޭނިންގ” ޕްރޮގްރާމް ފުރިހަމަ ކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ދަށުން، ޓެޓްރާޓެކް އިންޓަރނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ޤާބިލު ބަޔަކު ތަމްރީނުކުރުމަށް ދެވޭ ޓެކްނިކަލް އެހީތެރިކަމުގެ ތެރެއިން ބައެކެވެ.

އަދި މި ޕްރޮޖެކްޓްގެ ދަށުން، 23 ވަރކްޝޮޕް އަދި ޓްރޭނިންގތައް ހިންގުމާއި 86 ރެކަމެނޑޭޝަނާއި 08 އެސެސްމަންޓް އަދި 10 ރިޕޯރޓް ހެދުމުގެ އިތުރުން 12 ޓްރޭނިންގ މޮޑިއުލް ތައްޔާރުކޮށްފައިވެއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ވަރކްޝޮޕް އާއި ލީޑިރޝިޕްގެ އެކި ޓްރޭނިންގތަކާއި ޕްރިޒަން ސެކިއުރިޓީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެޗްއާރް ޕޮލިސީތަކާއި އުސޫލުތައް އަދި އެޕްރައިޒަލް ސިސްޓަމް ފަދަ ތަމްރީންތަކާއި ވަރކްޝޮޕްތަކުގައި ކަރެކްޝަންސްގެ 270 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC