.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
އއ. ތޮއްޑޫ ބޭރުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީއއ.ތޮއްޑޫ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ވަދު ކަނދުފަތީގެ ނަމްބަރަކީ H08V01-01 އެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ04°29.500’N އަދި 55.000 72°’E އެވެ.
މިނިސްޓްރީން ބުނީ މި ކަނދުފަތި ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުން ކަމަށެވެ. މާފަރު މަސްވެރިންނަށް އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލްވާ ފަރާތްތަކަށް، ފާހަގަކުރެވޭ ފަދަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
އެމިނިސްޓްރީން އިތުރަށް ބުނީ މިކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް، މަސްވެރިންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
.jpeg?w=3840&q=75)






