
ރޯދަ ހަދިޔާ މަސް ކޭސް ދޫކުރަން ފެށުމަށް އެޗްޑީސީން ހުޅުވާލޭގައި އިންތިޒާމްތައް ހަމަޖައްސައިދެނީ
# ރޯދަ ހަދިޔާ-
ރޯދަ ހަދިޔާ މަސް ކޭސް ދޫކުރަން ފެށުމަށް އެޗްޑީސީން ހުޅުވާލޭގައި އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަން އެކުންފުނީން ހާމަކޮށްފި އެވެ.

އެޗްޑީސީން ބުނީ ރަމަޟާންމަހާއި ދިމާކޮށް ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުމަށް ސަރުކާރުން ހަމަޖައްސަވާފައިވާއިރު، މިކަމަށް އެއްބާރުލުންދީ، ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެޗްޑީސީގެ ޓީމުން ކުރަމުންދާ ކަމަށެވެ.
ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދިނުމަށް ނިންމައި އެތަކެތި ބަހަން ފަށަން ނިންމާފައިވަނީ މިރެއެވެ. އެގޮތުން ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގެ ޖުމުލަ 6 ސަރަހައްދަކުން މަސްކޭސްތައް ދޫކުރަން ވަނީ ނިންމާފައި އެވެ. ހުޅުމާލެ ފޭސް 1 ކުން މަސްދަޅު ކޭސްތައް ދޫކުރާނީ ޢުމަރު ޒާހިރު ބިލްޑިންގ އާއި ޕޮލްކޯ ޓަވަރ ތިރިންނާއި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުންނެވެ. އަދި ހުޅުމާލެ ފޭސް 2 ކުން މަސްދަޅު ކޭސްތައް ދޫކުރާނީ ކާމިލުދީދީ ސްކޫލާއި ހިޔާޓަވަރު 10 އާއި ވިނަރެސް ފްލެޓުންނެވެ.
ރޯދަ ހަދިޔާގެ ޑިސްޓްރިބިއުޝަންއަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ރޯދަހަދިޔާ ޕޯޓަލް roadhahadhiya.mv ތައާރަފްކޮށްފައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ދޫކުރާ ޓޯކަންއާއި އެއްގޮތަށް މަސްދަޅު ކޭސްތައް ދޫކުރާނެ އެވެ.
މިނިސްޓްރީން ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.
ރޯދަހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.
ގުޅުންހުރި

ސަރުކާރުގެ ފަރާތުންދޭ ރޯދަ ހަދިޔާ: މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށައިފި

ރޯދަ ހަދިޔާ މަސްކޭސް ހޯދުމަށް މިރެއަށް އެކަނިވެސް 4800 އަށްވުރެ ގިނަ ގޭބިސީއަކުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވޭ!

ރޯދަ ހަދިޔާ މަސް ކޭސް ދޫކުރަން ފެށުމަށް އެޗްޑީސީން ހުޅުވާލޭގައި އިންތިޒާމްތައް ހަމަޖައްސައިދެނީ





