
ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ކުރެހުމުގެ މަޢުރަޒު މެޑަމް އިފްތިތާހުކޮށްދެއްވައިފި
# ސާޖިދާ މުޙައްމަދު# މެޑަމް ސާޖިދާ މުޙައްމަދުފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ކުރެހުމުގެ މަޢުރަޒު އިފުތިތާޙުކޮށްދެއްވައިފިއެވެ.

އެކަމަނާ މި މަޢުރަޒު އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްގެންދާ މި މަޢުރަޒަކީ ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ފިހިން ދިވެހި ދިރިއުޅުމުގެ އާދަކާދައާއި މަސައްކަތްތެރިކަން ސިފަކޮށްދޭ މަންޒަރުތައް ހިމެނޭ މަޢުރަޒެކެވެ. މި މަޢުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ވިވިޑް ރިއަލިޒަމް – މައި ޖަރނީ ތްރޫ ދަ ކަލަރސް އޮފް އަ ނޭޝަން" ފޮތް ނެރެދެއްވާފައެވެ.
"ވިވިޑް ރިއަލިޒަމް – ބައި ޙުސައިން" ގެ ނަމުގައި ކުރިއަށްދާ މި މަޢުރަޒު ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަޢުރަޒު ބައްލަވާލައްވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
ގުޅުންހުރި

ކުރެހުންތެރިޔާ ޙުސައިން އަލީ މަނިކުގެ ކުރެހުމުގެ މަޢުރަޒު މެޑަމް އިފްތިތާހުކޮށްދެއްވައިފި

ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްސަ ގޮތްތަކެއް ދެއްވަން ނިންމަވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީގައުމަށް މަންފާ ހުރި ކަމެއް: މެޑަމް
.jpg&w=3840&q=75)




