
ހުޅުދެލީ ޞިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި
# އެމްޓީސީސީ# ހުޅުދެލި-
ދ. ހުޅުދެލީ ޞިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އިއްޔެ އެރަށުގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ސިނާން އަލީ އާއި ، ހުޅުދެލީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން 4905 އަކަފޫޓުގެ އިމާރާތެއް ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރުމަށް ހަމަޖެހިފައިވާއިރު ވަށާ ފާރަކާއި ޕޯޓިކޯއަކާއި 225 އަކަފޫޓުގެ ބޭސް ފިހާރައެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މިއީ 10.06 މިލިއަން ރުފިޔާގެ 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
900 މީހުންގެ އާބާދީއެއް އޮންނަ ހުޅުދެލީގައި ބިނާކުރާ ޞިއްހީ މަރުކަޒުގެ އައު އިމާރާތް ނިމުމާއެކު ހުޅުދެލީން ލިބޭ ޞިއްހީ ފަރުވާ ފުޅާވެ ހުޅުދެލީ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ޞިއްހީ ކަންކަމަށް ފަރުވާކުރުމުގެ މަގުފަހި ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ގުޅުންހުރި

ހުޅުދެލީ ޞިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

14 ރަށެއްގެ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކެއް އެމްޓީސީސީއަށް!

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި





