
ވިލިނގިލީ އިސްލާމިކް ސެންޓަރާއި ގުރުއާން ސެންޓަރުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި
# ގއ ވިލިނިގިލި-
ގއ ވިލިނގިލީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށާއި ގުރުއާން ސެންޓަރެއް ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑާއިއެވެ. އަދި ގުރުއާން ސެންޓަރުގެ މަސައްކަތް ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ކޭ އެންޑް އެފް ހޯލްޑިންގ އާއި އެކު ސޮއިކުރި އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރު އަހުމަދު އާދަމް ސޮއިކުރެއްވި އިރު އަފާމީ މޯލްޑިވްސްއާއި ހަވާލުކުރި ގުރުއާން ސެންޓަރުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.
ވިލިނގިލީ އިސްލާމީ މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 700 މީހުންގެ ޖާގައިގެ މިސްކިތަކާއިއެކު ދެޖިންސުގެ ފަރާތްތަކަށް ނަމާދުކުރެވޭ ވަކި ދެ ސަރަހައްދާއި ކްލާސްރޫމްތަކާއި ލައިބްރެރީއެއްގެ އިތުރުން ކޮންވެންޝަން ހޯލަކާއިއެކުގައި އެވެ.
އަދި ގުރުއާން ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކުލާސްރޫމްތަކާއި ހިފްޒު ކޮޓަރިއެއްގެ އިތުރުން އޮފީސް ޖާގައާއިއެކުގައި އެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
ގުޅުންހުރި

ވިލިނގިލީ އިސްލާމިކް ސެންޓަރާއި ގުރުއާން ސެންޓަރުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި

ވިލިނގިލި އުރީދޫ އެންޓެނާއަށް ހޮނު އެޅުމާއިއެކު އެންޓަނާއާއި އިންވެގެން ހުރި ގެއަށް ބޮޑެތި ގެއްލުންތަކެއް!

ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި





