
އިންސާނީ ވަގުފާރިއާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއްކޮށްފި
# ބިދޭސީން# އިންސާނީ ވަގު ވިޔަފާރި# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާފޮޓޯ: ދާޚިލީ ވުޒާރާ
އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި ބައްދަލުވުމަކީ ސަރުކާރުގެ އިދާރާތަކާއި އެކީގައި މަސައްކަތްކުރާ ސިވިލް ސޮސައިޓީ އަދި އެންޖީއޯތަކާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދިޔަ ބައްދަލުވުކެވެ.
މި ބައްދަލުވުމުގައި އެކްސްޕްލޮއިޓޭޝަން ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމަށް މިހާރު ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ. އެގޮތުން މި ކުށް ހުއްޓުވުމަށް މައިގަނޑު 4 ސިޔާސަތެއް ސަރުކާރުން ގެންގުޅުއްވައެވެ. އެއީ މި ކުށް ހުއްޓުވުމުގައި މަސައްކަތްކުރާ ޤާބިލް މީހުން ބިނާކުރުމާއި، ކުށާ ގުޅޭގޮތުން މުޖުތަޢު ހޭލުންތެރިކުރުވުމާއި، ކުށުގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ކުށް ރިޕޯޓުކުރެވޭނެ ފޯން ލައިނެއް ޤާއިމްކުރުމެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް: އިހްސާން

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ:އިހްސާން

.gif&w=3840&q=75)



