
ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން އައު ޖެނެސެޓަކާއިއެކު ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި
# އއ.ތޮއްޑޫ-
ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި އެވެ.

ތޮއްޑޫގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ. އެކުންފުނީން މިއަދު ބުނީ އއ. ތޮއްޑޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަމަޟާން މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށު އިންޖީނުގެއަށް ގެންދެވުނު 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މި އައު ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމާއިއެކު ތޮއްޑޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ 3592 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެޕޭސިޓީ އިތުރުވެގެން ދިޔުމާއިއެކު އެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ އިތުބާރުބޮޑުވެ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން އިއްޔެ ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށީފައިވާއިރު މި މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ގުޅުންހުރި

ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން އައު ޖެނެސެޓަކާއިއެކު ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

އެމްގެޕް ވޯކްޝޮޕްގެ ބައިވެރިން އަމަލީ ތަމްރީނަށް އއ. ތޮއްޑޫއަށް!

ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި





