
-
ތ. ވިލުފުށި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވިލުފުށި ކައުންިސލުން ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް އަދި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިލުފުށި ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވިލުފުށީގެ މަސްވެރީންނަށް މިހާރު ދިމާވެފައިވާ ދަތިތައް ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ރަށުގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ މަސައްކަތް އަވަސްކޮށްދިނުމާ ގުޅޭ ގޮތުން ވަނި މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި ވިލުފުށީގައި ކުރެވިދާނެ މަސައްކަތްތަކާއި އަދި މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ގުޅުންހުރި
ތުޅާދޫއާއި ވިލުފުށީގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ސުންގަޑި މިރެއަށް ހަމަވާނެ!

ވިލުފުށީ ބިން ހިއްކުން: 65 ހެކްޓަރުގެ ބިން ހިއްކައި 80 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފި!

ވިލުފުށި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަޝްވަރާކޮށްފި




