logoEN
Sto top
ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން "އިން-އެކްޓިވް"އަށް ބަދަލުކުރަނީ

ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން "އިން-އެކްޓިވް"އަށް ބަދަލުކުރަނީ

# ބިދޭސީން# ކޯޓާ

ފޮޓޯ: ގާފު އޮންލައިން

ރަޖިސްޓްރީ ކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން މިމަހުގެ 25ވާ އާދިއްތަ ދުވަހުން ފެށިގެން އެފަދަ ސައިޓުތައް "އިން-އެކްޓިވް" އަށް ބަދަލުކުރަން ނިންމައިފިއެވެ.

Wamco

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި ބިދޭސީންނާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ގޮތުން ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރަޖިސްޓްރީކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ މަސައްކަތްކުރާ ސައިޓުތައް މިއަދުން ފެށިގެން "ޕެންޑިންގ ސައިޓް ކްލިއަރެންސް"ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރަޖިސްޓްރީ ކޮށްފައިވާ މަސައްކަތްކުރާ ސައިޓުތަކުގެ ތެރެއިން ކޯޓާ ނުނަގާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަން މިމަހުގެ 25ވާ އާދިއްތަ ދުވަހުން ފެށިގެން އެފަދަ ސައިޓުތައް "އިން-އެކްޓިވް"އަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި މިފަދަ ފަރާތްތަކުން މުއްދަތު ހަމަވެފައިވާ މަސައްކަތާއި ގުޅުންހުރި ސައިޓުތައް އަލުން އެކްޓިވޭޓްކުރުމަށް، ލިޔެކިޔުންތައް އައުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޑޮކިއުމަންޓްތައް އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް މިހާރު ވަނީ އަންގާފައެވެ.

އެހެންކަމުން ސައިޓުތަކުގައި ބިދޭސީން މަސައްކަތްކުރަމުންދާ ތަންތަނުގައި ވަޒީފާ ދޭ ފަރާތްތަކުން އެކްސްޕެޓް ސިސްޓަމުން އަދާހަމަކުރުމަށް ދާޚިލީ ސަލަމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC