logoEN
Sto top
ކެންދޫގައިވެސް ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ކެންދޫގައިވެސް ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

އަހުމަދު ޝުރާއު

logo

1/19/2026, 3:57:39 PM

# ބ. ކެންދޫ

-

ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށްޓަކައި އެ ރަށުގައި ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިޔަށްދާކަން ތިމާވެއްޓާއިބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

Wamco

އެވުޒާރާއިން ބުނީ މި މަޝްރޫއުގެ ދަށުން ކެންދޫގައި 249 ކިލޯވޮޓް ޕީކްގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ސިސްޓަމަކާއި، 344 ކިލޯވޮޓް އަވަރގެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީ.އީ.އެސް.އެސް) ގާއިމުކުރެވޭނެ ކަމަށާއި މި ނިޒާމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ކަރަންޓު ގްރިޑްގެ ހަމަޖެހުން ގާއިމުކުރުމާއެކު، ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ބަރާސާވާ މިންވަރު ބޮޑުތަނުން ކުޑަކުރުން ކަމަށެވެ.

އެގޮތުން މި ނިޒާމު އަމަލީގޮތުން ބޭނުންކުރަން ފެށުމާއެކު، ކެންދޫގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ ތެރެއިން އަހަރަކު 117,181 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 287 ޓަނުގެ ކާބަން އިމިޝަންސް ކޮންމެ އަހަރަކު މަދުކުރެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަކަތައިގެ ދާއިރާއަށް ގެންގުޅުއްވާ ހާއްސަ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ރައީސް މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ. ކެންދޫގައި ގާއިމުކުރެވޭ މި ހައިބްރިޑް ނިޒާމަކީ އެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ނިޒާމުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް އިތުބާރު ހުރި، ދެމެހެއްޓެނިވި ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC