logoEN
Sto top
ކެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި

ކެންދޫ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފި

އަހުމަދު ޝުރާއު

logo

8/11/2025, 4:37:38 PM

# ބ. ކެންދޫ

-

ބ ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.

Wamco

މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސް މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

ބ.ކެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މާލޭ ވޯޓާރ އެންޑް ސްވަރޭޖްއާއި ޙަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ.

މި މަޝްރޫޢުގެ އަގަކީ 48,296,421.71 ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް އެޅުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައި ދިނުން އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ވަސްކަނޑުވައިދޭ (އޮޑޮރ ރިމޫވަލް) ސިސްޓަމެއް ބެހެއްޓުމާއި، ސުވަރޭޖް ޓްރީޓްމެންޓް ޕްލާންޓެއް ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބެހެއްޓުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC