
-
މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ޚާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށީފައިވާއިރު މި މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވަމުންދާއިރު ކުރިޔަށް އޮތް ރޯދަ މަސްވެސް އަންނަނީ ހޫނު މޫސުމުގެ ތެރެއަށެވެ. ރޯދަ މަހުވެސް ކަރަންޓު ބޭނުންކުރާ މިންވަރު ރާއްޖޭގައި އިތުރު ވާއިރު މިހާރު ސްޓެލްކޯއިން ކަރަންޓު ކެޕޭސިޓީ އިތުރުކުރަމުންދާ މަސައްކަތްތަކާއިއެކު ރޯދަމަހުވެސް ކަރަންޓުގެ ހިދުމަތަށް ބުރޫއެރުންފަދަ ކަންކަން ހައްލުކުރެވިގެންދާނެ އެވެ.
ގުޅުންހުރި

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ޚާއްސަ މަސައްކަތްތަކެއް!

ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުން މާދަމާ ހަވީރު ކުޑައިރުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

ސްޓެލްކޯގެ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީއިން ހިންގި ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމައި 10 މުވައްޒަފަކު ތާރީހުގެ ތެރެއަށް!





