logoEN
Sto top
ލ އަތޮޅުގައި މިއަދު އަލިފާނުގެ ދެ ހާދިސާއެއް!

ލ އަތޮޅުގައި މިއަދު އަލިފާނުގެ ދެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

1/18/2026, 1:51:54 PM

# ދިވެހި ސިފައިން

-

ލ އަތޮޅުގެ ދެރަށެއްގައި އަލިފާނުގެ ހާދިސާތަކެއް މިއަދު ހިނގައިފި އެވެ.

Wamco

އެމްއެންޑީއެފުން މިއަދު ބުނީ ލ. ފޮނަދޫ ކުރިގަމު އަވަށު ޕިކްނިކް ސަރަހައްދު ވަލުތެރޭގައި އާއި ލ. ގަމު މުކުރިމަގު ތާރުމަގު ކައިރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމާއި ގުޅިގެން މިއަދު އެސަރަހައްދުގައި ގާއިމުވެތިބި ސިފައިންގެ ފަޔާފަައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ލ. ފޮނަދޫ ކުރިގަމު އަވަށު ޕިކްނިކް ސަރަހައްދު ވަލުތެރޭގައި ރޯވި އަލިފާނުގެ ރިޕޯޓް މިއަދު 14:34 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 14:53 ހާއިރުއެވެ.

އަދި ލ. ގަމު މުކުރިމަގު ތާރުމަގު ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ހާދިސާގެ ރިޕޯޓް މިއަދު 12:35 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ގަން ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.، ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 12:49 ހާއިރުއެވެ.

މި ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައިނުވާކަމަށް ސިފައިން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC