
އަމިއްލަ ދަނޑުގައި ލެވަންޓޭ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް
# ލެވާންޓޭ# ބޭރު ދުނިޔޭގެ ކުޅިވަރު# ސްޕެނިޝް ލަ ލީގާ# ރެއާލް މެޑްރިޑްރެއާލް މެޑްރިޑާއި ލެވާންޓޭ ވާދަކުރި މެޗުގެ ތެރެއިން .
ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ލެވާންޓޭ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނަ އާއި ދެމެދުގައިވާ ފަރަގު އެއްޕޮއިންޓަށް ކުޑަކޮށްފިއެވެ.

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ލެވާންޓޭ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޕަނިއޯލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބެނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި މެޗުގެ އިންޓަވަލް ގަޑީގައި ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނަށާއި މެނޭޖުމަންޓަަށް އަމާޒުކޮށް ނުރުހުން ފާޅުކޮށްފައިވާއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ރެއާލްގެ ރައީސްގެ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ކުޅުން ރަނގަޅުކުރިއިރު އެޓީމުން ލީޑުހޯދީ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރައުލް އަސެންސިއޯ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން ރެއާލް މެޑްރިޑަށް 48 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަަނައިގައެވެ. އަދި މިމެޗުން ބަލިވި ލެވަންޓޭ އިން ލީގުގައި ކުޅުނު 19 މެޗުން ހޯދި 14 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.
ގުޅުންހުރި

އަމިއްލަ ދަނޑުގައި ލެވަންޓޭ އަތުން ރެއާލް މެޑްރިޑަށް އުނދަގޫ މޮޅެއް

ފަސޭހަކަމާއެކު ސިޓީ ބަލިކޮށް ޔުނައިޓެޑް ހަތަރުވަނައަށް

އީއެފްއެލް ކަޕް: ރަށުން ބޭރުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި





