
-
ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް މިހާރު ކަނޑުއޮތްގިރިން ކިރޭނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ކިރަން ފެށުމާއި އެކު އެ މަސައްކަތް ކުރިއަށްދަގޮތް ބައްލަވާލެއްވުމަށް ކަނޑުއޮތްގިރިއަށް ވަޑައިގެން ވަޒީރު ވިދާޅުވީ މިވަގުތު ކަނޑުއޮތްގިރިން 25 ރުފިޔާއަށް ބޮޑުކަންނެލި ގަންނަންފަށާފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި ގޮންޖެހުންތަކާއި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ކަޅުބިލަ މަހުގެ މަސްވެރިންނަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް މި ސަރުކާރު އައި ފަހުން ލިބުނުކަމަށް ވަޒީރު ވިދާލުވިއެވެ. މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ މަގުތައް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށްޖަހާ އެ ސިނާއަތަކީ ފައިދާވާ ސިނާއަތަކަށް ހެދުންކަމަށާ އަދި މަސްވެރިކަމުގެ ސިނާއަތުގައި ޝަމިލުވާ އެންމެންނަށްވެސް ރަނގަޅުގޮތް ހޯދައިދޭން ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ގުޅުންހުރި

ކަނޑުއޮތްގިރިން ބޮޑުކަންނެލި ގަންނަން ފަށައިފި: ކިލޯއަކަށް 25 ރުފިޔާ!

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

މަހަ މަންފާ: މަހުގެ ބާވަތްތަކުގެ އުފެއްދުންތައް އިތުރު ކުރުމަށް ޚާއްސަ ފައިނޭންސިންގ ސްކީމެއް!





