
ގއ ގައި ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަން: 10 ތަނެއް ބަލާފާސްކޮށް 4 މީހަކު ހައްޔަރަށް
# ދިވެހި ފުލުހުންގެ ޙިދުމަތްމަސްތުވާތަކެެއްޗާއި ދެކޮޅަށް ފުލުހުން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި މިއަދު 10 ތަނެއް ބަލާފާސްކޮށް 4 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ހދ އަތޮޅާއި މާލެ ސަރަހައްދުގައި ކުރިޔަށްދާ ކަމަށެވެ.
އެގޮތުން މިއަދު ކުރިޔަށްގެންދާ މި އޮޕަރޭޝަނަކީ ގއ އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.
ފުލުހުންގެ މި ޚާއްސަ އޮޕަރޭޝަން ކުރިޔަށްގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސްއާއި ޑްރަގް އެންފޯރސްމަންޓު ވިންގު ގުޅިގެންނެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަމުން ފުލުހުން ބުނީ އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ …
ގުޅުންހުރި
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

ފޮއްދޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ޕްރޮގްރާމެއް ފަށައިފި

ބަންކު ބެޑެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާހޯދި ބިދޭސީއަކު ހައްޔަރަށް!





