
-
އެމްގެޕްގެ ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕްގެ ބައިވެރިންގެ އަމަލީ ތަމްރީނުތައް އއ. ތޮއްޑޫގައި ކުރުޔަށް ގެންގޮސްފިއެވެ.

މިއީ މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE)ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބޭއްވި ވޯކްޝޮޕެކެވެ.
މި ތަމްރީންތަކުގައި ރާއްޖޭގެ 25 ރަށަކުން 55 ފަރާތެއް ވަނީ ބައިވެރިވެފައިވާއިރު، މި ތަމްރީންތަކުގެ ތިއަރީ ކިުރިޔަށް ގެންދިޔައީ މާލޭގައެވެ. އެގޮތުން އެމްގެޕް ސްޓޭންޑަރޑް ތަކާއި ގުޅޭ މައުލޫމާތު ސެޝަންތައް ނަގައިދީފައިވެއެވެ. އަދި މިއަދު އއ. ތޮއްޑޫގައި މި ބައިވެރިންގެ އަމަލީ ތަމްރީންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) އަކީ ރާއްޖޭގައި ނާކާގެ ޔަގީންކަން ކަށަވަރުކޮށް ރައްކާތެރި ކާނާ، ދަނޑުތަކުން އުފެއްދުމަށް ވަރަށް މުހިންމު ސްޓޭޑަރޑް އެކެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގައި ކެމިކަލް މެނޭ ބޭސްތައް މަދުކޮށް، އޯގަނިކް ކާނާ ބޭނުން ކުރާނެގޮތްތަށް ދަސްވެ، އެ އެގޮތުގައި ދަނޑުވެރިކަން ކުރުމުން، ސިއްޚަތައް ފައިދާ ހުރި ކާނާ ދަނޑު ބިންތަކުން ލިބިގެންދިއުމަށް މަގުފަހި ވެގެން ދެއެވެ.
މިހާތާނަށް ރާއްޖޭގައި 10 ދަނޑެއް ވަނީ އެމްގެޕް ސެޓިފައިޑް ވެފައެވެ. އެއީ ށ. ގޮއިދޫގެ 10 ދަނޑެވެ. މިއީ 5 މޮޑިއުލް ފުރިހަމަކޮށް ސެޓްފައިޑް ވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަމެވެ.
ގުޅުންހުރި

ތޮއްޑޫ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް ޤާއިމްކޮށްފި

ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން އައު ޖެނެސެޓަކާއިއެކު ތޮއްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

އެމްގެޕް ވޯކްޝޮޕްގެ ބައިވެރިން އަމަލީ ތަމްރީނަށް އއ. ތޮއްޑޫއަށް!

.gif&w=3840&q=75)



