logoEN
Sto top
ސަރުކާރުގެ ސްޓޭންޑު: ދިވެހީންގެ އެއާޕޯޓުތައް ހިންގާނީ ދިވެހީން!

ސަރުކާރުގެ ސްޓޭންޑު: ދިވެހީންގެ އެއާޕޯޓުތައް ހިންގާނީ ދިވެހީން!

އަހުމަދު ޝުރާއު

logo

1/2/2026, 1:53:38 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

-

ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.

Wamco

ސަރުކާރުން މިކަން ހާމަކުރީ ރާއްޖޭގެ އުތުރުގެ މައި ދޮރާށި، ހަނިމާދޫ އެއާޕޯޓު އިންޑިއާ ބަޔަކަށް ދިޔުމަށް ސަރުކާރުން ނިންމާފައިވާކަމަށްބުނެ އިންޑިއާގެ ނޫހަކުން މިއަދު ރިޕޯޓުކުރުމާއި ގުޅިގެން ޓްރާސްންޕޯޓު މިނިސްޓަރު މުހައްމަދު އަމީން ކުރެއްވި ޕޯސްޓެއްގައި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ހިންގަމުން ދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ދިވެހި ކުންފުނިތަކުން ކަމަށެވެ.

އަދި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި އޮޕަރޭޓް ކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން ކަމަށާއި ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާއި އަދި ޤައުމަކާއިވެސް ހަވާލު ނުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބޯލަނބަމުން، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ. އަދި އޭވިއޭޝަން ދާއިރާއަކީ ރައްކާތެރި އަދި ހަރުދަނާ ދާއިރާއަކަށް ހެދުމަށްޓަކައި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން މެދުނުކެނޑި ކުރިއަށް ގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC