
ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ މަގުތައް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފި
# އެޗްޑީސީ-
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލް ވަށައިގެން އޮންނަ (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ މި ބަދަލު ގެނައީ، ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި، ދިރާސީ އާ އަހަރާ ދިމާކޮށް ސްކޫލް ހުޅުވުމުގެ ކުރިން، އެ ސްކޫލަށް ދެވޭގޮތަށް އޮންނަ ދެ ގޯޅި (ބެރެބެދިމާ ހިނގުން ގޯޅި 1 އަދި 2) ގެ ޓްރެފިކް ބާރުބޮޑުވުން ހައްލުކުރުމަށާއި، އެ ސަރަހައްދަކީ ސްކޫލު ކުދިން ހިނގާބިނގާވެ އުޅުމަށް ރައްކާތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ކަމަށެވެ.
އެ ކޯޕަރޭޝަނުން ވަނީ އަބަދުވެސް މަސައްކަތް ކުރަމުންދާނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށްވެސް ބުނެފައި އެވެ.
ޝަހީދު އަލީ ސްކޫލުގެ މަސައްކަތް ނިމި މިހާރު އެސްކޫލަށް ކުދިން ވެއްދުމުގެ މަރުހަލާވެސް ވަނީ ނިމިފައި އެވެ. އަދި އަންނަ ދިރާސީ އައު އަހަރަށް ސްކޫލުގައި ކިޔެވުން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ވަމުންނެވެ.
ގުޅުންހުރި

ރޯދައަށް ތައްޔާރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން މިރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތަކަށް ބޮޑު ތަރުހީބެއް!

ހުޅުމާލޭގައި ހިލޭ ކުރިއަށް ގެންދަން ރޭވި ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް!

.gif&w=3840&q=75)



