
ޗޮކްލެޓު ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޗޮކްލެޓު ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 25 ދުވަހު ކަސްޓަމުން ހިންގި އޮަޕަރޭޝަނެއްގައި ރާއްޖެ އެތެރެކުރި ޗޮކްލެޓް ސިރަޕް ފުޅިތަކެއް ބަލައިފާސްކޮށް ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ބެލިބެލުމުން މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށެވެ.
އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައި އެވެ.
ފުލުހުން މިރޭ ބުނީ ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުޙައްމަދު ޢާދިލް (57އ) އެވެ.
މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

ޗޮކްލެޓު ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި





