
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން ފުލުހުން ކުރަމުންދާ މަސައްކަތުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝުކޫރު ޢަލީ (44އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުގެރޭ ހުޅުމާލޭ ގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސިންނާއި އެމީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ. އަދި އޭނާ އުޅެމުންދާ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތަކެތި ޔޫއެންޑީޕީން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
.png&w=3840&q=75)




