logoEN
Sto top
ޖެނުއަރީ އެކަކުން ފެށިގެން އެސްއެމްއީތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވަން ރައީސް ނިންމަވައިފި

ޖެނުއަރީ އެކަކުން ފެށިގެން އެސްއެމްއީތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވަން ރައީސް ނިންމަވައިފި

އަހުމަދު ޝުރާއު

logo

12/28/2025, 8:20:12 AM

# ރައީސް މުއިއްޒު

-

ކުރިޔަށް އޮތް ދެ އަހަރަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރު ގޮތުގައި ކަނޑައަޅުއްވައި، 2026 ޖެނުއަރީ އެކަކުން ފެށިގެން އެކަންކަން ތަންފީޒު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިކަން ހިއްސާ ކުރައްވައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރެއްވުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި އިޢުލާނު ކުރެއްވި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ތަންފީޒު ކުރައްވާނެ ކަންކަމުގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރިން ހުށަހެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވައި، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވައި، މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވުމަށް ނިންމަވާފައެވެ. މި ނިންމެވުމާއި އެއްގޮތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ 25 ޑިސެންބަރު 2025 އިން ފެށިގެން މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC