logoEN
Sto top
250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ރައީސް ނިންމަވައިފި

250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ރައީސް ނިންމަވައިފި

އަހުމަދު ޝުރާއު

logo

12/27/2025, 10:40:42 AM

# ރައީސް މުއިއްޒު

-

250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Wamco

ރައީސުލްޖުމްހުރިއްޔާގެ މި ނިނެމްވުން ރަސްމީކޮށް ކުރީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބާ އެންޑް ސްލިކްސް ޑިވެލޮޕްމަންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.

އެގޮތުން އެމިނިސްޓްރީން ކުރި ޕޯސްޓުގައި ބުނީ 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަމަށް ރައީސް ނިންމަވާފައިވާ ކަމަށާއި މި މަޝްރޫއު ފަށާނީ އަންނަ އަހަރު ޑިސެމްބަރު މަހުގައި ކަމަށެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ޖެނުއަރީ 2026އިން ފެށިގެން އެ މިނިސްޓްރީން ޢާއްމު ކުރަމުން ގެންދާނެކަމަށެވެ.

އެ މިނިސްޓްރީން ޕީއެސްއެމްއަށް މައުލޫމާތު ދެމުން ބުނެފައވަނީ އެ މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއަކީ ހެދިބޮޑުވުމުގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށް މުހިންމު ފަރުވާގެ ނިޒާމެކެވެ. ނަމަވެސް އިންސާނީ ވަސީލަތުގެ ދަތިކަމުގެ ސަބަބުން މިހާތަނަށްވެސް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC