
-
އައްޑޫ ސިޓީ މަރަދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ.
މިމިސްކިތަކީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރި މިސްކިތެކެވެ. އެގޮތުން 500 މީހުންނަށް ނަމާދު ކުރެވޭ މި މިސްކިތުގެ ނަމަކީ މަސްޖިދުއްރައްޔާންއެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ.
މިއަދު ހުޅުމާލެ ފޭސް 2 ގައިވެސް ވަނީ އިތުރު މިސްކިތެއް ހުޅުވާފައި އެވެ.




.jpg&w=3840&q=75)


