
-
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ތިން އަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ ގދއަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް މިއަދުގެ 17:00 އިން ފެށިގެން މިރޭގެ 20:00 ގެ ނިޔަލަށެވެ.
އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ފާއިތުވި ދުވަސްތަކުގައި ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. ނަމަވެސް، މެޓް އޮފީހުން ބުނާގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދަނީ އިރުވައި މޫސުމުގެ ވިއްސާރައެވެ.





