
އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ރ. އަލިފުށީގައި 29.7 ކިލޯވޮޓްޕީކް (kWp) ގެ ސޯލާ ފޮޓޯވޮލްޓެއިކް (PV) ހަކަތަ ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހާމަކޮށްފި އެވެ.

އެމިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގެ ކަރަންޓުގެ ޔަޤީންކަން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.
މި ނިޒާމުގެ ސަބަބުން ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި އިރުގެ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވެ، ޑީޒަލް ބޭނުންކުރާ މިންވަރު މަދުވެގެންދާނެއެވެ. މި މަޝްރޫޢު ޢަމަލީކުރުމުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 13,938 ލީޓަރުގެ ޑީޒަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ. މީގެ އިތުރުން، އަހަރަކު 34 ޓަނުގެ ކާބަން ބޭރުކުރާ މިންވަރު ކުޑަވެގެންދާނެއެވެ. މިއީ ރަށަށް އިތުރު ސާފު އަދި ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި 2028 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސެންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށްދާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
"ނޭޝަނަލް ކާބަން ރެގިއުލޭޝަން" ޤަވާއިދު އެކުލަވައިލުމާ ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިނިސްޓަރު ޠާރިޤް އައިރީނާގެ ޑައިރެކްޓަރ ޖެނެރަލާ ބައްދަލުކުރައްވައިފި

އައިރީނާގެ 16 ވަނަ އެސެމްބްލީގައި ރާއްޖެއިން ބައިވެރިވެއްޖެ

.gif&w=3840&q=75)



