logoEN
Sto top
ފުރުން މަނާކުރުމުގެ އަމުރަކާއިއެކު ޝަމްއާން ބަންދުން ދޫކޮށްލައިފި

ފުރުން މަނާކުރުމުގެ އަމުރަކާއިއެކު ޝަމްއާން ބަންދުން ދޫކޮށްލައިފި

އަހުމަދު ޝުރާއު

logo

12/25/2025, 11:34:47 AM

# މުހައްމަދު ޝަމްއާން

-

ފުލުހުންގެ ބަންދުގައި ފާއިތުވި 9 މަސް ދުވަހު ހުރި ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ބަންދުން ދޫކޮށްލައިފި އެވެ.

Wamco

ޕީޖީ އޮފީހުން މިއަދު ބުނީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ގ. ލިޓޯނިޔާ، މުޙައްމަދު ޝަމްއާން ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި، ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި 6 އެޕްރީލް 2025 އިން ފެށިގެން އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައި ކަމަށެވެ.

އެގޮތުން ޝަމްޢާން މައްޗަށް ކޮށްފައިވާ ދަޢުވާތައް ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންގެ ތެރެއިން އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ބިދޭސީން ހިމެނޭގޮތުން މައިގަނޑު ހެކިންގެ ހެކިބަސް މިއަދާ ހަމައަށް ނަގާނިމުމާއިއެކު،އޭނާ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިދާނެކަމަށް ފެންނާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރުތުކޮށްފައި ބަންދުން ދޫކޮށްދެއްވުމަށް މިއަދު ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި އެވެ.

ޕީޖީ އޮފީހުން މިފަދައިން އެދުމާއިއެކު ކޯޓުން ވަނީ ޝަމްއާން ބަންދުން ދޫކޮށްލާފައި އެވެ. ނަމަވެސް ޝަމްއާން ދޫކޮށްލީ ޝަރުތުކުރުމަށްފަހުގައި އެވެ.

އެއޮފީހުން ބުނީ ޝަމްއާން ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދެއްވުމަށް ކޯޓުގައި އެދިފައިވާނެ ކަމަށާއި އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން މިއަދު ނެރެފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC