logoEN
Sto top
އެޗްޑީސީއާއި ސަލަފް ޖަމިއްޔާ ގުޅިގެން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ބާއްވަނީ

އެޗްޑީސީއާއި ސަލަފް ޖަމިއްޔާ ގުޅިގެން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

12/25/2025, 9:56:53 AM

# އެޗްޑީސީ

-

ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، އާންމުންނަށް ހުޅުވާލައިގެން ވަރަށް ހާއްސަ ދަރުހެއް މާދަމާރޭ ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Wamco

"ފޭރާން" މި މައުޟޫއަށް ހާއްސަކޮށްގެން މާދަމާރޭ ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެމަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ 08:30 ގައިހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް ވަރަށްބޮޑު އެދުމެކެވެ. އާންމުންނަށް ހުޅުވާލައިގެން ހުޅުމާލޭގައި ބާއްވާ މި ދަރުސް "ދާރިސް ޓީވީ" އިންލައިވްވެސް ކުރާނެއެވެ.

މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC