logoEN
Sto top
ބިން ހިއްކަން ކުނި ނާޅަން - އެޗްޑީސީ

ބިން ހިއްކަން ކުނި ނާޅަން - އެޗްޑީސީ

އަހުމަދު ޝުރާއު

logo

12/24/2025, 4:23:28 PM

# އެޗްޑީސީ

-

ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން ބުނެފި އެވެ.

Wamco

ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން މިއަދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ބޭނުންކުރަމުންދަނީ ސީއެންޑީ ކަމަށެވެ. އަދި ސީއެންޑީ އަޅަކީ ސެގްރިރޭޓް ކުރުމަށްފަހުގައިކަމަށްވެސް ޒުހައިރު ވިދާޅުވިއެވެ.

"އެޗްޑީސީން މިތަން ހިއްކަމުން މިދަނީ ކުނި އަޅައިގެންނެއް ނޫން. އަޅުގަނޑުމެން މިތަނުގައި މި އަޅަނީ ސީއެންޑީ،" ޒުހައިރު ވިދާޅުވި އެވެ.

ސީއެންޑީ އެޅުމުގެ ތެރޭގައ މޫދަށްދާ ބައިގައި ސްކްރީން ޖަހާފައިވާ ކަމަށާއި ސްކްރީނުން ބޭރުވާބައި ސާފުކުރަމުންދާ ކަމަށްވެސް ޒުހައިރު ވިދާޅުވި އެވެ.

ސީއެންޑީ ކުންޏަކީ އިމާރާތްތަކާއި، މަގުތަކާއި، ފާލަންތައް ފަދަ އޮނިގަނޑުތައް ބިނާކުރުމާއި، މަރާމާތުކުރުމާއި، ނައްތާލުމުގެ ސަބަބުން އުފެދޭ ތަކެތި ނުވަތަ ކުނިތަކެވެ. މިފަދަ ކުނީގެ ތެރޭގައި ސިމެންތި، ލަކުނޑި، ދަގަނޑު، ޑްރައިވޯލް، އަދި ގާފަދަ ބަރު ތަކެތި ހިމެނެއެވެ. މި ކުނި ވަކިކޮށް، މަޝްރޫޢުތަކުގައި އަލުން ބޭނުންކުރުމުން ވަރަށް ފަސޭހައިން ރިސައިކަލް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކުނިގޮނޑުތަކަށް ކުރިމަތިވާ ބުރަ ކުޑަވެ، ގުދުރަތީ ވަސީލަތްތަކަށް އޮންނަ ބޭނުން ކުޑަވެއެވެ.

އެޗްޑީސީން މިހެން ބުނެފައިވާއިރު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ބިން ހިއްކަނީ ކުނި އަޅައިގެން ނޫން ކަމުގެ ޔަގީންކަން ދެއްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC