logoEN
Sto top
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ވޭޕް ނައްތާލައިފި

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ވޭޕް ނައްތާލައިފި

އަހުމަދު ޝުރާއު

logo

12/24/2025, 9:31:54 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.

Wamco

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެތަކެތި ގެންގުޅުމުގެ އިތުރުން ވިއްްކުން މަނާކޮށްފައިވާއިރު ފުލުހުން ދަނީ މި ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC