logoEN
Sto top
911އަށް ލިބޭ ފޯނު ކޯލްތަކަށް ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތު: އަބްދުﷲ ރަޝީދު

911އަށް ލިބޭ ފޯނު ކޯލްތަކަށް ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތު: އަބްދުﷲ ރަޝީދު

ހުސައިން އަހްމަދު

logo

12/24/2025, 3:51:28 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: ޕޮލިސް

911އަށް ދުވާލަކު އެވްރެޖްކޮށް 1500 ވަރަކަށް ފޯންކޯލް ލިބޭއިރު، ރެސްޕޮންސް ޓައިމަކީ 2-5 ސިކުންތު ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

Wamco

މާލެ، ވިލިމާލެ އަދި ތިލަފުއްޓަކީ ކުށްމަދު، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މާލެ ސިޓީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ ޕެޓްރޯލް މަސައްކަތްތަކުގައި 18,827 ޑިސްޕެޗް ކުރެވިފައިވާއިރު، 280,142 ސަރަހައްދު ބެލިފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮމިއުނިޓީ އެންގޭޖްމަންޓް 11,905އަށް އަރާފައިވާއިރު، ރައްޔިތުންގެ ފަރާތުން އައި 1,357 ކަންބޮޑުވުމަކަށް ފުލުހުން އެޓެންޑްވެފައިވާ ކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހިންގި 8 އޮޕަރޭޝަންގައި، ގާތްގަނޑަކަށް 7 މިލިއަންނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދިފައިވާ ކަމަށާއި ވައްކަމާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅެނީ ސައިކަލާއި މޯބައިލް ފޯނު އަދި އިލެކްޓްރޯނިކްސް ފަދަތަކެތީގެ ވައްކަމުގެ މައްސަލަތައް ކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގާތްގަނޑަކަށް ހުރިހާ ވައްކަމެއް ވެސް ކުރަނީ ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުން ކަމަށާއި މިހާރު 1000 ވަރަކަށް ރިޕީޓް އޮފެންޑަރުން ފާހަގަކުރެވިފައިވާ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވަނީ މިފަދަ ފަރާތްތައް މުޖުތަމައާ އެކަހެރިކުރުމުން ވައްކަން މަދުވާތީ، މިފަދަ ފަރާތްތަކުގެ މައްސަލަތައް ޕްރޮސިކިއުޓަރ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން އަވަހަށް ޕްރޮސެކިއުޓްކޮށް ހުކުމްކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާކަން ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ފްރަންޓްލައިން ޕޮލިސިންގ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މި މަސައްކަތުގައި ފުލުހުންގެ އެހެނިހެން ބަހާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ފުލުހުންގެ މައިގަނޑު ތިން ފަންކްޝަން ކަމަށްވާ ރެސްޕޮންސް އެންޑް ޕެޓްރޯލިން، އިންވެސްޓިގޭޝަން އަދި ނެއިބަރހުޑް ޕޮލިސިންގ ގުޅިގެން 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC