logoEN
Sto top
ދިރާސީ އާ އަހަރުން ފެށިގެން ކްލާސްތަކުގައި ފޯނު ބޭނުންކުރުން މަނާވާނެ: މަތީ ސާނަވީ ދަރިވަރުންގެ ފޯނުތައް ބަހައްޓަން ލޮކަރު ސިސްޓަމް ބަހައްޓަނީ

ދިރާސީ އާ އަހަރުން ފެށިގެން ކްލާސްތަކުގައި ފޯނު ބޭނުންކުރުން މަނާވާނެ: މަތީ ސާނަވީ ދަރިވަރުންގެ ފޯނުތައް ބަހައްޓަން ލޮކަރު ސިސްޓަމް ބަހައްޓަނީ

އަހުމަދު ޝުރާއު

logo

12/21/2025, 8:28:07 PM

# ރައީސް މުއިއްޒު

-

އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭފަދަ ގޮތަށް ކަންކަން ތަންފީޒުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.

Wamco

އެމަނިކުފާނު މިކަން ހާމަކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ރެހެންދި ސްކޫލަގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭގެ ބައްދަލުވުމުގައި ރައްޔިތަކު ވަނީ ސްކޫލުތަކުގައި ދަރިވަރުންނަށް ހަދާފައި ހުންނަ އުސޫލުތައް ތަންފީޒުނުކުރާކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާފައި އެވެ. އެކަންކަމަށް އިޝާރާތްކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ޙައްލުކުރަން ނުވަތަ އެކަން މަނާކުރަން ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދާކަމަށެވެ.

އެގޮތުން ގެރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާކުރެވިފައިވީ ނަމަވެސް އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވެމުން ނުދާކަމަށެވެ. އެހެންކަމުން އަންނަ ދިރާސީ އަހަރުން ފެށުމާއެކު ގްރޭޑް 10އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެކަމަށެވެ. އެހެން ކަމުން ސްކޫލް ގަޑީގައި އެގްރޭޑް ތަކުގެ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ސާނަވީ ( ގްރޭޑް 11، 12) ގައި ކިޔަވާ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެކަމަށާއި ނަމަވެސް އެދަރިވަރުންގެ ފޯނުތައް ހުންނަށްވާނީ އެކަމަށް ޚާއްސަކުރެވިގެން ސްކޫލްގައި ބަހައްޓާ ލޮކަރެއްގައިކަމަށް ރައީސް ވިދާޅުވިއެވެ."ގްރޭޑް 11އާއި ގްރޭޑް 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ. އެޑިއުކޭޝަން މިނިޓްރީން އެބަ ހޯއްދަވާ ލޮކަރ ސިސްޓަމް. ސްކޫލްގައި އެ ލޮކަރ ސިސްޓަމް ބެހެއްޓީމަ ފޯނު ބަހައްޓާނީ އެލޮކަރތަކުގައި. ކްލާސް ގަޑީގައި ކިޔަވައިދެމުންދާއިރު، އެއްވެސް ކުއްޖަކަށް ފޯނު ބޭނުން ނުކުކުރެވޭވެ، ނަމަވެސް ކްލާސް ނިމުނީމަ އަަތަށް ފޯނު ލިބޭގޮތަށް ބަދަލުކުރާނެ" ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC