logoEN
Sto top
75 އަހަރު ވަންދެން ރިޓަޔާނުކޮށް ވަޒީފާ އަދާކުރެވޭ ގޮތަށް ބަދަލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފިން - ރައީސް

75 އަހަރު ވަންދެން ރިޓަޔާނުކޮށް ވަޒީފާ އަދާކުރެވޭ ގޮތަށް ބަދަލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފިން - ރައީސް

އަހުމަދު ޝުރާއު

logo

12/21/2025, 8:13:26 PM

# ރައީސް މުއިއްޒު

-

އުމުރުން 75 އަހަރު ވަންދެން ރިޓަޔާނުކޮށް ވަޒީފާ އަދާކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ ހުޅުމާލޭގެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރިޓަޔާކުރާ އުމުރު 75 އަހަރަށް ދިގު ކުރެއްވުމަކީ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރީއެމްޕްލޯއިމެންޓު ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް މިހާރު ސަރުކާރުން ފޮނުއްވާފައިވާނެ ކަމަށާއި މި ބިލަކީ މަސައްކަތްކުރައްވަން ބޭނުން ފުޅުވާ ފަރާތަކަށް 65 އަހަރު ވިނަމަވެސް ގާނޫނީ ހަމަތަކުގެ މަތީން 75 އަހަރާއި ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް ހުށަހެޅުނު ބިލެއް ކަމަށެވެ.

އެބިލު ފާސްވެ އަމަލުކުރަން ފެށުމާއިއެކު ބިލް ފާސްވުމުގެ 7 އަހަރުގެ ތެރޭގައި ރިޓަޔާކުރި ފަރާތްތަކާއި ބިލް ފާސްވެގެންދާއިރު 65 އަހަރު ވެފައިވާ ފަރާތްތަކަށް 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ލިބޭނެ ގޮތް ފަހުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިކަމަކީ 65 އަހަރުން މައްޗަށް އުމުރު ދިޔަ ނަމަވެސް ސިއްހީ ގޮތުންވެސް ދުޅަހެޔޮ، އަދި ގޭގައި ވަކީން މަސައްކަތެއް ނެތިފައި ހުރުމުގެ ބަދަލުގައި މަސައްކަތުގައި ކުރިޔަށްދާނެ ގިނަ ބަޔަކު ބޭނުންފުޅުވާތީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC