
ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މަސްތުވާތަކެތިފޮޓޯ: ޕޮލިސް
ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ ދުވާފަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި، ދޯންޏެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ލިލީމާގެ، މުޙައްމަދު ޝައްފާން (29އ) އާއި ރ. ދުވާފަރު / ސައިޑްރިވަރ، އަޙްމަދު ޢާޞިމް (38އ) އާއި ރ. ދުވާފަރު / ޗަމްޕާގެ، އަޙްމަދު ސާއިފް ޢަބްދުއްޝުކޫރު (28އ) އާއި ރ. އުނގޫފާރު / ލުނބޯގަސްދޮށުގެ، ސިޔާމް މުޙައްމަދު (34އ) އަދި ޅ. ނައިފަރު / ސަބީނާ، މުޙައްމަދު ސަޢީދު (43 އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މީހުންގެ ތެރެއިން އަޙްމަދު ޢާޞިމް 10 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ގައްދޫގައި ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް: ޓީޗަރަށް އޭއެސްއެމްއެޗުގައި އިތުރު ފަރުވާދެނީ

މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ވަގަށް ނަގައިފި: 4 މީހަކު ހައްޔަރުކޮށް އަދި މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ!

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 82 މީހަކު ޖޫރިމަނާ ކުރި ، 4 ލައްކަ ރުފިޔާއަށް އަރާ!




