
އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުން ޝަަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ!
# ފަސްޓް ލޭޑީ-
އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޖަލްސާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި، 2025 ވަނަ އަހަރު އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ސީނިއަރ އެސްކޭޖީ ދަރިވަރުންގެ ތެރެއިން، އެސް.ކޭ.ޖީ. އީ، އެސް.ކޭ.ޖީ އެފް އަދި އެސް.ކޭ.ޖީ. އައި ގެ 78 ދަރިވަރުންނާއި، އެސް.ކޭ.ޖީ.އޭ ގެ 14 ދަރިވަރުންނަށް ޓްރޮފީ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
މީގެ އިތުރުން އެ ސްކޫލުން، ކީރިތި ޤުރުއާނުގެ ބައެއް ފޮތް ހިތުދަސްކޮށްފައިވާ 28 ދަރިވަރުންނަށްވެސް އިނާމު ޙަވާލުކޮށްދެއްވީ އެކަމަނާއެވެ. މީގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާނުގެ 1ފޮތް، 2ފޮތް، 3ފޮތް އަދި 4ފޮތް ހިތުދަސްކޮށްފައިވާ ދަރިވަރުންނެވެ.
37 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުން ފައުންޑޭޝަންގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކޮށްފައިވާ އެސްކޫލްގެ ދަރިވަރު ޢައިޝާ އައިލިސް އަޙްމަދު ސަޢީދަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލައެއް ދީފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދެވެ.
މި ޖަލްސާގައި އެސްކޫލްގެ އިސްވެރިންނާއި، މުދައްރިސުން އަދި ގިނަ އަދަދެއްގެ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.
ގުޅުންހުރި

މީދޫ ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވައިފި

ކުޑަހުވަދޫ ޑަބްލިއުޑީސީން ތަރައްޤީކުރި ޖިމް ފަސްޓް ލޭޑީ ހުޅުއްވައިދެއްވައިފި

ގައުމީ މަގުޗާޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި، ކުރިއަށް އެޅުނު ވަރުގަދަ ތާރީޚީ ފިޔަވަޅެއް - ނައިބު ރައީސް

.gif&w=3840&q=75)



