logoEN
WAMCO TOP 1
ފަސްޓޭ ލޭޑީ ސާޖިދާއަށް ތިނަދޫ ސިޓީއިން ހޫނު މަރުހަބާއެއް!

ފަސްޓޭ ލޭޑީ ސާޖިދާއަށް ތިނަދޫ ސިޓީއިން ހޫނު މަރުހަބާއެއް!

އަހުމަދު ޝުރާއު

logo

3/23/2026, 7:54:14 AM

# ފަސްޓް ލޭޑީ

-

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ތިނަދޫ ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

THE TRAVELLER AD

ފަސްޓް ލޭޑީ ތިނަދޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

އެގޮތުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ތިނަދޫ ސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި ޕީއެންސީއަށް ތާއީދުކުރާ ގިނަ ފަރާތްތަކަކުން ވަނީ ޖެޓީ ސަރަހައްދުގައި ދިގު ކިއުއެއް ދަމާލާފައި އެވެ.

ފަސްޓް ލޭޑީ ތިނަދޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެސިޓީގެ ޕީއެންސީ ކެނޑިޑޭޓުންގެ ޑޯ ޓު ޑޯ ހަރަކާތުގައި މިއަދު މެންދުރު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މީގެ އިތުރުންވެސް މިއަދު އެސިޓީގައި ޕީއެންސީގެ ކެމްޕެއިން އިތުރު ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC