
-
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ވޮލީބޯޅަ ކޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެވުޒާރާގެ އިސްވެރިން އަދި ރަށުގެ މުއައްސާތަކުގެ އިސްވެރިންނެވެ.
ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ މެޗު އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ނިލަންދެއަތޮޅު ދެކުނުބުރީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ތަރައްޤީކުރި ޖިމް ވަނީ ރަސްމީކޮށް ހުޅުވާފައި އެވެ.
ގުޅުންހުރި

ރަނގަޅު ޞިއްޙަތަކީ އިޤްތިޞާދީ ފާގަތިކަމުގެ ބިންގާ - މެޑަމް ސާޖިދާ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުން ފާހަގަކޮށްފި

ދުންފަތަށް "ނޫނެކޭ" ބުނަންވީ ވަގުތު ޖެހިއްޖެ؛ ވިޔަފާރިވެރިންނާއި ކެފޭތަކުން އިސްނަގަން މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި




