logoEN
Sto top
ދަންވަރު ވަގުތު ބިދޭސީން އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަންކުރާތީ މިރެއިން ފެށިގެން ކަމާބެހޭ އިދާރާތަކުން މަގުތަކަށް!

ދަންވަރު ވަގުތު ބިދޭސީން އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަންކުރާތީ މިރެއިން ފެށިގެން ކަމާބެހޭ އިދާރާތަކުން މަގުތަކަށް!

އަހުމަދު ޝުރާއު

logo

12/17/2025, 12:43:49 PM

# ބިދޭސީން

-

ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީން އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަންކުރާތީ މިރެއިން ފެށިގެން ކަމާބެހޭ އިދާރާތަކުން މަގުތަކަށް ނުކުންނަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

އެގޮތުން ރޭ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނު ބޭއްވި ބައްދަލުކުރެއްވުމުގައި އާންމު ރައްޔިތަކު ވަނީ ބިދޭސީން ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި މަގުތަކުގައި އަޑުގަދަކޮށް އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ކުރާ ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.

މިކަންބޮޑުވުމާއިއެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައިކަމަށެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަވެސް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC