logoEN
Sto top
ރައީސް މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެރޭ!

ރައީސް މުއިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ބުރާސްފަތި ދުވަހުގެރޭ!

އަހުމަދު ޝުރާއު

logo

12/14/2025, 3:35:55 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

Wamco

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށެވެ.

އެގޮތުން ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން ކުރިއަށް ދާނީ، މި މަހުގެ 18ވާ ބުރާސްފަތިދުވަހުގެރޭ 20:30ގައި ސަލާހުއްދީން ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ. ސަރުކާރުން ވަނީ، ފޭސް 2ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ހަރަކާތުގެ ތެރެއިން ވިލިމާލޭގެ ރައްޔިތުންނާ އަދި މައްޗަންގޮޅީގެ ރައްޔިތުންގެ އިތުރުން މާފަންނުގެ ރައްޔިތުން އަދި ހެންވޭރު ރައްޔިތުންނާ ވަނީ، ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅާ އެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މިއީ، ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ޙައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC