logoEN
PNC TOP 3
ދުވާފަރު ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާފަރު ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

12/13/2025, 9:36:39 AM

# ރ ދުވާފަރު

-

ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

PNC MID 2

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށާއި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އޮންނަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް މިއަދު އެރަށަށް ވަޑައިގެންނެވުމުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ދުވާފަރު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ވަށާފާރު ރޭނުމާއި އޮފީސް އިމާރާތެއް ހެދުމާއި ޤައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި ގަރާޖެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 36.03 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC